ރަޔަން ވަޅުން ނަގައިފި

މޮރޮކޯގައި މީގެ ހަތަރު ދުވަސް ކުރިން ވަޅެއްގެ ތެރެއަށް ވެއްޓި ތާށިވި، އުމުރުން ފަސް އަހަރުގެ ރަޔާން އެ ވަޅުން ދެންމެ ނަގައިފިއެވެ. ރަޔަން އެ ވަޅުން ނަގާފައިވާއިރު މޮރޮކޯގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވ...

05 Feb 2022 | 20:49

މޮރޮކޯގައި މީގެ ހަތަރު ދުވަސް ކުރިން ވަޅެއްގެ ތެރެއަށް ވެއްޓި ތާށިވި، އުމުރުން ފަސް އަހަރުގެ ރަޔާން އެ ވަޅުން ދެންމެ ނަގައިފިއެވެ.

ރަޔަން އެ ވަޅުން ނަގާފައިވާއިރު މޮރޮކޯގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ރަޔަން އެ ވަޅުން ނެގުނީ ނިޔާވި ފަހުންނެވެ.

ެސްކިއު ޓީމްތަކަށް ރަޔަން އާއި ހަމައަށް ދެވުނީ ހަތަރު ދުވަހުގެ މަސައްކަތުންނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އުމުރުން ފަސް އަހަރުގެ ރަން ވެއްޓުނު އެ ވަޅަކީ ރަޔަން ދިރިއުޅޭ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުންނަ ފުން ވަޅެކެވެ.

100 މީޓަރަށްވުރެ ފުން އެ ވަޅުގައި ރަޔަން ތާށިވީ33 މީޓަރު ފުނުގައެވެ.

ރަޔަން ނެގުމަށް އެކި ގޮތްގޮތަށް ކުރިން މަސައްކަތް ކުރަން ރޭވި ނަމަވެސް ފަހުން މަސައްކަތް ކުރަމުންދިޔައީ ރަޔަން ވެއްޓުނު ވަޅާއި މާ ދުރު ނޫން ހިސާބަކުން އިތުރު ވަޅެއް ކޮނެ،33 މީޓަރު އަޑިން ދެ ވަޅު ގުޅާލައިގެން ރަޔަން ސަލާމަތް ކުރުމަށެވެ.

ރަޔަން އާއި ހަމައަށް ރެސްކިއު ޓީމަށް ދެވުނީ ރާއްޖޭ ގަޑިން ނަމަ މިރޭ02:00 ހާއިރުގައެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް