އދ. އަތޮޅުގައި އޮންނަ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ގެސްޓް އޭރިއާގައި ހުރި ގަހެއްގައި، ބަންގްލަދޭޝް މީހަކު ދަންޖެހިގެން މަރުވެއްޖެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝލަކު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދަންޖެހިގެން މަރުވި ބިދޭސީ މީހާގެ އުމުރަކީ 25 އަހަރު ކަމަށާއި، އޭނާ ދަންޖެހިފައި ހުރިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށެވެ.
މިހާރު އޭނާގެ ހަށގަނޑު މާމިގިލީ ހޮސްޕިޓަލަށް ގެންދިވިފައވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ބަންގްލަދޭޝް ރައްޔިތެއް މިއަދު ރިސޯޓެއްގައި ދަންޖެހިގެން މަރުވެފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ތެރޭގައި ޝްރި ލަންކާ ރައްޔިތެއްވެސް ވަނީ ދަންޖެހިގެން މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް