އެމްޑީޕީން ބޮއިކޮޓުވަނިކޮށް ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު) ބައިވެރިވެވަޑައިގެންފި އެވެ.
އެމްޑީޕީން އިއްޔެ ބުނެފައިވަނީ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބައިވެރި ނުވާން ނިންމީ ރައީސް ޔާމީން ގާނޫނު އަސާސީއާ ހިލާފަށް ހިންގަވާ އަމަލުތަކާއި ކަންކަން، ބަދަލުކޮށްގެން ދައްކަވާ ވާހަކަފުޅުތައް އަޑު އަހަން ބޭނުން ނުވާތީ ކަމަށެވެ. އަދި އެމްޑިޕީގެ އެއްވެސް މެންބަރަކު މިއަދު ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނާޝިދު ބައިވެރިވެވަޑައިގެންނެވުމުން އެމްޑީޕީން އަދި އެއްވެސް އެއްޗެއް ބުނެފައި އެއް ނުވެ އެވެ. ނަޝީދު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިރު މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވަނީ މިއަހަރު މަސައްކަތް ފަށަން ހަމަޖެހިފައިވާ 600 ހައުސިން ޔުނިޓުގެ ތެރެއިން ބައެއް ށ. ކޮމަންޑޫގައި އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައި އެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމާއި، ޖޭޕީގެ އިތުރުން ޕީޕިއެމްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް