ފިޔާތޮށި މާ ޖަހައިގެން މަހާނައެއް ހެދުމުން އުކުޅަހު ބަޔަކު ހައްޔަރުކޮށްފި

އއ. އުކުޅަހުގައި ފިޔާތޮށި މާ ޖަހައިގެން މަހާނައެއް ހެދުމުން ހަ މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ހިމެނެ އެވެ. ފުލުހުން ބުނީ ...

06 Feb 2017 | 07:23

އއ. އުކުޅަހުގައި ފިޔާތޮށި މާ ޖަހައިގެން މަހާނައެއް ހެދުމުން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ހިމެނެ އެވެ. ފުލުހުން ބުނީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން އއ. އުކުޅަހުން ހަ މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ނޫވިލާގެ އާއި މާޖެހި ގެއާ ދެމެދު މަހާނައެއް ހެދި މައްސަލާގައި ކަމަށެވެ. އެ މަހާނާގައި ޖަހާފައިވަނީ ފިޔާތޮށި ބޯގަންވިލާ މާ ކަމަށާއި އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ.

"މަހާނަ ހެދި މީހުން އެތާ ތިއްބަ ފުލުސް މީހާ ދިއުމުން އޭނާއަށް އެއްބާރުލުން ދިން. އެއްވެސް ހަމަނުޖެހުމެއް އެރޭ ނުހިނގާ. އެއީ މަޖަލަކަށް ކުރި ކަމެއް،" ފިރާގު ވިދާޅުވި އެވެ.

ފުލުސް މީހާ ގޮސް ހަދާފައި ހުރި ވެލިގަނޑު ފަތުރާލީ ކަމަށް ފިރާގު ވިދާޅުވި އެވެ.  އެމީހުން އެކަން ކުރީ ސިއްރުން ނޫންކަމަށާއި އެތައް ބަޔަކު އެތާނގައި ތިބި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް