ކުރެންދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، މީހަކު ހައްޔަރު ކޮށްފި

ޅ ކުރެންދޫ ގެއަކުން، މި މަހުގެ ތިންވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ދެ އަނގޮޓި ހޯދައި، އެ މައްސަލައިގާ މީހަކު ހައްޔަރު ކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގ...

06 Feb 2017 | 07:19

ޅ ކުރެންދޫ ގެއަކުން، މި މަހުގެ ތިންވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ދެ އަނގޮޓި ހޯދައި، އެ މައްސަލައިގާ މީހަކު ހައްޔަރު ކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޅ. ކުރެންދޫ ގެއަކުން 15000 ރުފިޔާގެ އަގުހުރި ދެ އަނގޮޓި ވަގަށް ނަގާފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"ވަގަށް ނަގާފައިވާ އަނގޮޓިތައް ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި މޭޒެއްގެ ވަތްގަނޑު ތެރެއިން" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް