ހަންގަނޑަށް އެންމެ ފައިދާ ހުރި އެކައްޗަކީ ތެޔޮ ގުޅަ!

ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާތަކުގެ ތެރޭގައި ވިޓަމިންސް އާއި މިނަރަލްގެ އިތުރުން ޕްރޮޓީން އަކީ މުހިންމު މާއްދާ ތަކެކެވެ. ރީތި އޮމާން ހަންގަނޑަކަށްވެސް މިއީ މުހިންމު މާއްދާތަކެކެވެ. އިންޑިއާގެ...

06 Feb 2017 | 06:35

ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާތަކުގެ ތެރޭގައި ވިޓަމިންސް އާއި މިނަރަލްގެ އިތުރުން ޕްރޮޓީން އަކީ މުހިންމު މާއްދާ ތަކެކެވެ. ރީތި އޮމާން ހަންގަނޑަކަށްވެސް މިއީ މުހިންމު މާއްދާތަކެކެވެ.

އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އޮފީސް އޮ ޑައިޓެރީ ސްޕްލިމެންޓުން ހާމަކޮށްފައިވާ ގޮތުގައި ތެޔޮ ގުޅަ ކެއުމުން ނުވަތަ ވިޓަމިން އީ ތެޔޮ އުނގުޅުމުން ހަށިގަނޑަށް ލިބެންޖެހޭ ވިޓަމިން ސީ އަދި އީ އާއި ޕްރޮޓީން އާއި މިނަރަލްސް ލިއްބައިދެ އެވެ. ތެޔޮ ގުޅަ ކެއުމުން ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ސެލްތައް ރަނގަޅުވެ، ހަމުގެ ކެންސަރު ބައްޔާއި ހަމަށް ޖެހޭ ތަފާތު ބަލިތަކުން ދުރުކޮށްދެ އެވެ.

ސްޓްރެޗް މާކްސް ފިލުވުމަށް ތެޔޮ ގުޅަ މުހިންމު ރޯލެއް އަދާކުރެ އެވެ. ސްޓްރެޗް މާކްސް ހުންނަ ތަންތަނުގައި ގަވައިދުން ކޮންމެ ދުވަހަކު ތެޔޮ އުނގުޅުމުން މާކްސްތައް ފަނޑުވާނެ ކަމަށް ބުނެ އެވެ. ހަންގަނޑު ކުރަކިވުން މި ތެޔޮ އުނގުޅުމުން ކުޑަކޮށްދޭއިރު ގައިޖަ ޖަހާ ފާރުގަނޑު ރަނގަޅުވުމުން ހަންގަނޑުން އެނގެން ހުންނަ ތަންތަން ފިލާނެ އެވެ.

އެ ތެޔޮ އުނގުޅުމުން މޫނުގައި ހުންނަ ކަޅުލަފާއި ވަޅުގަނޑުތައް ދެ އެވެ. އަދި ކޮންމެ ދުވަހަކު ދެފަހަރު ނުވަތަ ތިން ފަހަރު މުޅި މޫނުގައި ތެޔޮ އުނގުޅުމުން ލޯކައިރި ކަޅުވުން ހުއްޓޭނެ ކަމަށް ބުނެފައިވެ އެވެ.

ތުންފަތުގައި މާމުޔާއި ވިޓަމިން އީ އޮއިލް އެއްކޮށްގެން އުނގުޅުމުން ތުންފަތް މަޑުވެ ހަރުކަން ކެނޑޭނެ އެވެ. ގަވައިދުން ތެޔޮ އުނގުޅާނަމަ އިރުގެ އަލީގެ ސަބަބުން ހަނގަނޑަށް ލިބިފައި ހުންނަ ގެއްލުންތައް ފިލައި ހަންގަނޑުގެ ކުލަ އެއްވަރެއްގައި ހިފަހައްޓާނެ އެވެ.

އެ އިންސްޓިޓިއުޓްގެ ޑޮކްޓަރުންނާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ އާންމުކޮށް ހަންގަނޑަށް ފައިދާ ވާނެކަމަށް ބުނެ ތައްޔާރުކޮށްފައިވާ ކްރީމްތަކަށް ވުރެ މި ތެޔޮ އެތައް ގުނައެއް ރަނގަޅުވާނެ ކަމަށެވެ. މިކަންކަމަށް ހައްލު ހޯދުމަށް ކޮންމެ ހަފްތާއަކު ފަސް ފަހަރު ވިޓަމިން އީ އޮއިލް ގައިގަ އުނގުޅަން ބުނެފައިވެ އެވެ.

އެކަމަކު އެއީ ހަންގަނޑުގެ ގޮތައް ބަލައިގެން ކަމަށާއި ކުރަނި ނުވަތަ ހަރު ހަންގަނޑެއް ނަމަ ތެޔޮ އުނގުޅާނީ ހަފްތާއަކު ތިން ފަހަރު ކަމަށް ބުނެ އެވެ. އަދި ތެޔޮ ހަންގަނޑެއް ނަމަ އުނގުޅާނީ ހަފްތާއަކު އެއްފަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް