އައިއެސް ޖަމާއަތާއި ގުޅުން ހުރި ކަމަށް ބެލެވޭ 400 މީހަކު ތުރުކީން ހައްޔަރު ކޮށްފި

ތުރުކީ ފުލުހުން އެ ގައުމުގައި މިހާރު ކުރިއަށްގެންދާ، ބަލާ ފާސްކުރުމުގެ ހަރަކާތްތަކެއްގައި، އައިއެސް ޖަމާއަތާއި ގުޅުން ހުރި ކަމުގެ ތުހުމުތުކުރެވޭ 400 މީހަކު ހައްޔަރު ކޮށްފި އެވެ. ތުރުކީ ފުލުހުންނާއި ހަ...

06 Feb 2017 | 06:08

ތުރުކީ ފުލުހުން އެ ގައުމުގައި މިހާރު ކުރިއަށްގެންދާ، ބަލާ ފާސްކުރުމުގެ ހަރަކާތްތަކެއްގައި، އައިއެސް ޖަމާއަތާއި ގުޅުން ހުރި ކަމުގެ ތުހުމުތުކުރެވޭ 400 މީހަކު ހައްޔަރު ކޮށްފި އެވެ.

ތުރުކީ ފުލުހުންނާއި ހަވާލާދީ އެގައުމުގެ މީޑިއާގައި ވާގޮތުން އެ 400 މީހުންގެ ތެރެއިން 150 މީހަކު ހައްޔަރުކޮށްފައިވަނީ އެގައުމުގެ ސިޓީއެއްކަމުގައިވާ ސަންލީއުރްފާ އިންނެވެ. އަންކާރާ ވެރިރަށް އަންކާރާއިން 60 މީހަކު ހައްޔަރުކޮށްފައިވާއިރު ބުރްސާ އާއި ޑޯގަން އަދި އަންޑޮލޫ އިން ވެސް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމުގައި އެގައުމުގެ ފުލުހުން ބުނެފައި ވެ އެވެ.

އައިއެސް ޖަމާއަތާއި ގުޅުން އޮތް ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު ތުރުކީގައި ދެމުން އަންނަ ޓެރަރިސްޓް ހަމަލާތައް މި ފަހަކަށްއައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރު ފެށުނުރޭ، އައު އަހަރު ފާހަގަކުރުމަށް ބޭއްވި ޕާޓީއަކަށް ހަމަލާދީ އެތައް ބަޔަކު މަރާލާފައި ވެ އެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް