ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތް އޭނާގެ ޔޯގާ އިންސްޓްރަކްޓަރު ސުރްޔަ ނަރަޔަން ސިންގަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގަނެދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔޯގާ އިންސްޓްރަކްޓަރު ސިންގަކީ ކަންގަނާގެ އުމުރުން 18 އަހަރުން ފެށިގެން އޭނާއަށް ޔޯގާ ދަސްކޮށްދެމުން އަންނަ މީހާ އެވެ. ކަންގަނާ އާއި ސިންގާ ބައްދަލުވީ އޭނާ މުމްބާއީގެ ޖުހޫ ބީޗުގައި ޖިމްނާސްޓިކް ހަދަން އުޅެނިކޮށް ކަންގަނާ ގޮސް އޭނާއަށް ޔޯގާސް ދަސްކޮށްދޭން އެދުމުންނެވެ. އޭރު ކަންގަނާ ބޮލީވުޑަށް ތައާރަފެއް ނުވެ އެވެ.
މި އެޕާޓްމަންޓު ގަނެދީފައިވަނީ ދެ ކްރޯޑް ރުޕީޒް އަށްވުރެ ބޮޑު އަގެއްގައި މުމްބާއީންނެވެ. ބޮޑު ބެލްކަނީއަކާއި ޔޯގާ ކިޔަވައިދެވޭނެ ބޮޑު ޖާގައެއް އޮތް އެ އެޕާޓްމަންޓު ކަންގަނާ، ސިންގަށް ގަނެދިނީ އެއްޗެއް ދިނުމަށް ކަންގަނާ ގާތުގައި އެދިގެން ނޫންކަމަށް ސިންގާ ހަވާލާދީ އޭނާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވެ އެވެ. އޭނާ ބުނީ ކަންގަނާ އެ އެޕާޓްމަންޓުގައި ހަދާ ޔޯގާ ކްލާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބަލަށް އެ ގެއަށްވެސް ދާ ކަމަށެވެ.
ކަންގަނާ ފާހަގަވެގެން ގޮސްފައިވަނީ ގާތް މީހުންނަށް އެހީވާ ހަރަދު ކުރާ މީހެއްގެ ގޮތުގައި އެވެ. އެގޮތުން ކަންގަނާ ވަނީ ވަރަށް ފަހުން ދައްތަ ކައިވެނި ކުރުމުން އޭނާއަށްވެސް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގަނެދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް