މާލޭގެ ބައެއް ސަރަހައްދުތަކުން ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެނޑިއްޖެ

މާލޭގެބައެއް ސަރަހައްދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކަށް 12 ޖެހިއިރު ފެނާއި ކަރަންޓް ހިދުމަތް ކެނޑުނު އިރު ބައެއް ސަރަހައްދުތަކަށް އެ ހިދުމަ...

06 Feb 2015 | 09:03

މާލޭގެބައެއް ސަރަހައްދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

އެގޮތުން ބައެއް ސަރަހައްދުތަކަށް 12 ޖެހިއިރު ފެނާއި ކަރަންޓް ހިދުމަތް ކެނޑުނު އިރު ބައެއް ސަރަހައްދުތަކަށް އެ ހިދުމަތްތައް ލިބިފައިވަނީ 12:30 އާއި 12:45 އާއި ދެމެދުގެ ވަގުތެއްގަ އެވެ.

ފެނާއި ކަރަންޓް ކެނޑުނު ހިސާބުތަކަށް އެ ހިދުމަތްތައް އަލުން ލިބެންފަށާފައިވީނަމަވެސް ބައެއް ހިސާބުތަކަށް ފެނުގެ ހިދުމަތް ލިބެނީ ޕްރެޝަރު ވަރަށް ދަށްކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާމެދު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީން އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް