ބީއެމްއެލްގެ "ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް"ގެ ތިންވަނަ މަހުގެ ނަސީބުވެރިން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މޯލްޑިވިއަންއާ ގުޅިގެން "ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް"ގެ ނަމުގައި ހިން...

06 Feb 2015 | 06:30

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މޯލްޑިވިއަންއާ ގުޅިގެން "ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް"ގެ ނަމުގައި ހިންގި ޕްރޮމޯޝަންގެ އެންމެ ފަހު މަހުގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ ނޮވެމްބަރުން ފެށިގެން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައިވަނީ އިއްޔެ ބީއެމްއެލް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ގުރުއަތު ނަންގަވައިދެއްވީ ފިޓް ފޯ ލައިފްގެ ވެރިޔާ މުހައްމަދު ފަޔާޒް އަލީ ރިޒާއެވެ.

މިދިޔަ މަހުގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނީ ގދ. ހޯޑެއްދޫ، ވެހި، އަހުމަދު ސިޔާމް އާއި ގދ. މަޑަވެލި، ގްރީންގޭ ނަޖާހު އަބްދުﷲ އާއި ތ. ތިމަރަފުށި، ކެނެރީގޭ އައިޝަތު ލިޒުމާ އަދި ގދ. ތިނަދޫ، ގުޑްލަކް، ހަދީޖާ މުހައްމަދެވެ.

ޕްރޮމޯޝަން ހިންގުނު ތިން މަސްތެރޭގައި ޖުމްލަ 12 ނަސީބުވެރިން ހޮވާފައިވާއިރު އެމީހުންނަށް މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްތަކުން އެމީހަކު ބޭނުން މަންޒިލަކަށް ހިލޭ ޓިކެޓެއް އިނާމުގެ ގޮތުގައި ލިބޭނެ ކަމަށާއި އޭގެތެރޭގައި ދިވެހި ރާއްޖޭގެ ރަށްތަކަށް އަދި ގައުމުން ބޭރު މަންޒިލްތައްވެސް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް