ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ށ. ކަނޑިތީމުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ށ. ކަނޑިތީމުގައި ބާއްވައިފިއެވެ.
މި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިޤު އިބްރާޙިމް އެވެ. މި ރަސްމިއްޔާތުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ފަޒްލް ރަޝީދު އާއި، ށ. އަތޮޅު ކައުންސިލާއި ށ. ކަނޑިތީމް ކައުންސިލް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިޒައިންގ އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިޔަށްގެންދަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިންނެވެ.
މި މަޝްރޫޢުގެ ދަށުން ށ. ކަނޑިތީމުގައި ނަރުދަމާގެ ހޮޅިއެޅުމާއި، ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބަހައްޓައި އަދި އައުޓްފޯލް ސިސްޓަމްއެއް ޤާއިމްކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ޖުމްލަ އަގަކީ 40,977,296.39 (ސާޅީސް މިލިޔަން ، ނުވަސަތޭކަ ހަތްދިހަ ހަހާސް ދުއިސައްތަ ނުވަދިހަ ހަ ރުފިޔާ ތިރީސް ނުވަލާރި) ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އަދި މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ އޮގަސްޓު 2015 އަށް ކަމަށާއި މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ށ.ކަންޑިތީމުގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އަދި އަދި މީގެ އިތުރުންވެސް ށ.ކަނޑިތީމުވަނީ "އިޓްސް ކޫލް އެޓް 25" ކެމްޕޭނު އެންޑޮސްކުރައްވާފައިވާކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް