މޯލްޑިވިއަންގެ ވައިޑް-ބޮޑީ ފުރަތަމަ އެއާކްރާފްޓް މިއަދު ރާއްޖެ ގެނައުމާ ގުޅުވައި ބޭއްވި އެއާ ޝޯ ބަލަން ގިނަ ބަޔަކު ޖަމާވެއްޖެއެވެ.
މާލޭގެ އުސް ފަސްގަނޑަށް އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށަށްވެސް ގިނަ ބަޔަކު ޖަމާވިއެވެ.
މޯލްޑިވިއަންއިން ވަނީ މޯލްޑިވިއަންގެ ފްލީޓްގެ ބައެއް ފްލައިޓްތައް ބޭނުންކޮށްގެން އެއާޝޯއެއް ކުރިއަށް ގެންގޮސްފައެވެ.
މި އެއާ ޝޯގައި މޯލްޑިވިއަންގެ ސީ ޕްލޭންތަކަކާއި އޭޓީއާރް ފްލައިޓަކާއި އެއާ އެމްބިއުލާންސްގެ ގޮތުގައި ތައްޔާރުކުރި ސީ ޕްލޭންވެސް ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް