އުތުރުގެ އަތޮޅުތަކުގައި ހަމަލޮލަށް ސާފުކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ދަށްވެފައިވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު މެޓުން ނެރުނު ނިއުސް ބުލެޓިންއެއްގައެވެ.
އެގޮތުން މެޓުން ބުނެފައިވަނީ މިހެން މެދުވެރިވެފައިވަނީ އިރުވައިމޫސުމުގެ ދުން ފުހުގެ ސަބަބުން ކަމަށެވެ.
"މި ހާލަތު މެދުރާއްޖެއާއި ހަމައަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެންދާނެކަމަށް ލަފާކުރެވޭ" މެޓުން ބުނެފައިވެއެވެ.
މެޓުން ވަނީ ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް ހަތް ކިލޯ މީޓަރުގެ ދުރުގައި އޮންނަ ކޭލަކު މިއަދު ދުރުން ފެންނަގޮތާއި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ފެންނަން އޮތް ގޮތުގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް