މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނެސްފި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް މިއަދު ރާއްޖެ ގެނެސްފިއެވެ. އެއާބަސް އޭ330-200 މަރުކާގެ އެ އެއާކްރާފްޓް ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެއާ...

06 Jan 2025 | 16:32

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

އެއާބަސް އޭ330-200 މަރުކާގެ އެ އެއާކްރާފްޓް ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެއާކްރާފްޓަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ހަވީރު އެއާޕޯޓްގައި ބާއްވާފައިވެއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތާ ދިމާކޮށް މާލެ ސަރަހައްދުގައި އެއާ ޝޯއެއްވެސް މޯލްޑިވިއަން އިން ކުރިއަށްގެންގޮސްފައިވެއެވެ. މާލޭ އުސްފަސްގަނޑާއި ހުޅުމާލެ އިރުމަތީ ފަރާތު އަތިރިމައްޗަށް ފެންނާނޭހެން މިއަދު ހަވީރު ކުރިއަށްގެންދިޔަ އެ ޝޯ ބަލާލުމަށް ގިނަ ބަޔަކު އެއްވެފައިވެއެވެ.

މިއަދު ގެނައި އެއާކްރާފްޓަކީ އިކޮނޮމީ، ބިޒްނަސް އަދި ޕްރިމިއަމް ކްލާސް ހިމެނޭހެން ޖުމްލަ 264 ޕަސިންޖަރުންނަށް އެއްފަހަރާ ދަތުރުކުރެވޭ އަދި 10 ޓަނުގެ ކާގޯ އުފުލޭވަރުގެ އެއާކްރާފްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް