ހަމަ ތިބެފަ މިލިޔަނުން ނަގުދު ފައިސާ ދިނީމޭ ބުނުމަކުން ނުފުދޭ: އަޒާން

ހަމަ ބަޔަކު ތިބެފަ މީހަކަށް މިލިޔަނުން ނަގުދު ފައިސާ ދިނީމޭ ބުނުމަކުން ނުފުދޭނެކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވެފައިވަނީ އެޗްޑީސީގެ ކުރީގެ...

06 Jan 2025 | 10:39

ހަމަ ބަޔަކު ތިބެފަ މީހަކަށް މިލިޔަނުން ނަގުދު ފައިސާ ދިނީމޭ ބުނުމަކުން ނުފުދޭނެކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވެފައިވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް 1.4 މިލިޔަން ރުފިޔާ ދިން ކަމަށް ރިލެކްސް ފެރީ ސާވިސް އިން ދިންކަމަށް ބުނެފައިވާއިރު އެކަމަށް އެޑްރެސްކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަޒާން ވިދާޅުވެފައިވަނީ އެ ކުންފުނިން ދިން ފައިސާކަމުގައިވާނަމަ، އެ ފައިސާ އެ ކުންފުނީގެ އެކައުންޓްތަކުން "ވިތްޑްރޯ ކުރިކަންވެސް" ސާބިތުކޮށްދޭން ޖެހޭނެކަމަށެވެ. ނޫނީ ނަގުދު ފައިސާގެ ގޮތުގައި އެ ފައިސާ ލިބުނުގޮތްވެސް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

"ހަމަ ތިބެފަ އެއީ ތިމަންނަމެން ދިން ފައސާއޭ ބުނުމަކުން ނުފުދޭނެ" އަޒާން ވިދާޅުވެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ތަހުގީގުގައި ފަޒުލްގެ ގެއިން 1.4 މިލިޔަން ރުފިޔާ ނަގުދު ފައިސާ ފުލުހުންނަށް ފެނުނުކަން އިއްޔެ ފެންމަތިވެފައިވާއިރު މިއަދު ރިލެކްސް އިން ބުނެފައިވަނީ އެއީ އެ ކުންފުނިން ލޯންޗެއް ބަންނަން ފަޒުލް އަށް ދިން ފައިސާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް