ފަތުރުވެރިކަމުގެ ވިސާގައި ރާއްޖެއައިސް ވިޔަފާރި ހިންގަން އުޅުނު ސޫރިޔާ އަންހެނަކާއި އުރުދުންގެ ފިރިހެނަކު އަތުލައިގެންފި

ފަތުރުވެރިކަމުގެ ވިސާގައި ރާއްޖެ އެތެރެވެ ވިޔަފާރި ހިންގަން އުޅުނު ތުހުމަތެއްގައި ދެމީހަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އަތުލައިގެންފައިވަނީ އީމާން ކަރަމަން ނަމަކަށްކިޔާ އުމުރުނ...

06 Jan 2025 | 10:29

ފަތުރުވެރިކަމުގެ ވިސާގައި ރާއްޖެ އެތެރެވެ ވިޔަފާރި ހިންގަން އުޅުނު ތުހުމަތެއްގައި ދެމީހަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އަތުލައިގެންފައިވަނީ އީމާން ކަރަމަން ނަމަކަށްކިޔާ އުމުރުން 19 އަހަރުގެ، ސޫރިޔާއަށް ނިސްބަތްވާ އަންހެނަކާއި ރާބީ ހައިތަމް އަހްމަދު ޖުމާހް ނަމަކަށްކިޔާ، އުމުރުން 24 އަހަރުގެ، އުރުދުންއަށް ނިސްބަތްވާ ފިރިހެނެކެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި ދެމީހުން ގެންގޮސްފައިވަނީ އާންމުންގެ ފަރާތުން ލިބުނު ޝަކުވާއަކާއި ގުޅިގެން ކަމަށެވެ.

މި ދެމީހުން ޑީޕޯޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް