ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން މައްސަލައެއް މިދިޔަ އަހަރު ބަލަން ފަށާފައިވާނެކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ނާޖާއިޒު ގޮތުގައި ފައިސާ ހޯދައި، 400 މިލިއަނެއްހައި ރުފިޔާ އެކައުންޓްތަކުގައި ދައުރުކުރި ކަސްޓްމަސްގެ 20 އޮފިސަރެއްގެ ވާހަކަ މިއަދު ފެންމަތިވެފައިވާއިރު އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
އެ ސުވާލުގައި ޖަވާބުގައި ފުހުހުން ބުނެފައިވަނީ ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ޚިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، 19 އޯގަސްޓް 2024 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށެވެ.
މިއަދު އަދަދު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ 20 އޮފިސަރުން ފައިސާ ހޯދާފައިވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ޚިދުމަތްތަކުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް