އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ނަގުދު 1.4 މިލިޔަން ރުފިޔާ ދިނީ ރިލެކްސް ފެރީ ސާވިސް އިން ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ރޭ މެންދަމުގެ ވަގުތެއްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރިލެކްސް ފެރީ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތްކުރެވި ލޯންޗެއް ބަނދެފައިވާނެކަމަށެވެ.
"ފަޒުލްގެ ކުންފުނިން ބަނދެފައިވާ ލޯންޗުގެ ފެންވަރު ރަނގަޅު ކަމުން އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު ފަޒުލް އަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެއެވެ" ރިލެކްސް ފެރީ ސާވިސްއިން ބުނެފައިވެއެވެ.
ރިލެކްސް އިން މިހެން ބުނެފައިވާއިރު ބިންވެރިޔާ ސްކީމްގެ މައްސަލައިގާ ފުލުހުން ފަޒުލްގެ ގެ ބަލާ ފާސްކުރިއިރު އެ ގޭގައި ހުރި ދަބަހެއްގެ ތެރެއިން 1.4 މިލިޔަން ރުފިޔާ ނަގުދު ފައިސާ ފެނުނު ކަން އިއްޔެ ވަނީ ފެންމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް