މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ތަފާތު ދައްކާނެ ކަމަށް މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ މޭޔަރުކަމުގެ ކެމްޕެއިނަށް ވިލިމާލޭގެ މީހުންނާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން، އާޒިމާ ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލީ ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި ހިދުމަތްކުރުމުގެ މަގުސަދުގައާއި ފުރިހަމަ އަޒުމުގައި ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ހަވާލުވީ ތަސައްވުރެއް އޮވެގެންކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ މި އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ޚިދުމަތްތެރިންނަކީ ކޮބާ ކަމާއި ޚިދުމަތުގެ އަޒުމުގައި ތިބި ބަޔަކަށް ވެރިކަމުގެ ބާރުތައް ފުރިހަމަ ގޮތުގައި، ޤާނޫނާއި ޤަވައިދާ އެއްގޮތަށް ތަންފީޒު ކުރަން ލިބިއްޖެނަމަ ރައްޔިތުންނަށް އުފާފާގަތިކަން ލިބޭނެ މިންވަރު ދައްކައިދިނުމަކީ އާޒިމާގެ އަޒުމް ކަމަށް ވިދާޅުވިއެވެ.
އާޒިމާ ބުނީ އޭނާގެ އަޒުމް ނުގުޑާނެ ކަމަށާއި، ހިދުމަތް ކޮށްދިނުމަށް ވަރަށް ސާބިތުކަމާއެކީ ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި ހުންނެވި ކަމަށެވެ.
ވިލިނގިލީ ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އަދި ދައުލަތުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް