ފެން ހިންދާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފި

މާލޭގެ މަގުތަކުގައި ޤާއިމްކުރެވިފައިވާ ފެންހިންދާ ކާނުތައް ސާފުކުރުމުގެ ޙާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި މަސައްކަތް ފެއްޓުމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީސް، ލޯކަލް ގަ...

06 Jan 2024 | 04:30

މާލޭގެ މަގުތަކުގައި ޤާއިމްކުރެވިފައިވާ ފެންހިންދާ ކާނުތައް ސާފުކުރުމުގެ ޙާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި މަސައްކަތް ފެއްޓުމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މި ޕްރޮގްރާމަކީ ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސް މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ވެމްކޯ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސިޓީސް މިނިސްޓްރީން ބުނީ ޕްރޮގްރާމް ނިމުމަށްފަހު ވެސް އާދައިގެމަތިން ކާނުތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ގެންދާނެ ކަމަށެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން އިތުރުވެފައިވާއިރު، އެޗްޕީއޭ އިން އަންނަނީ އެކި މުވައްސަސާތަކާއި ގުޅިގެން ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް