ހައްޖު އެއްބަސްވުމުގައި ސޮއިކުރުމަށް ޝަހީމް ސައުދީއަށް ފުރާވަޑައިގެންފި

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިސްލާމިކް އެފެއާޒްގެ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސައުދީއަށް ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ...

06 Jan 2024 | 03:25

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިސްލާމިކް އެފެއާޒްގެ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސައުދީއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރ ޝަހީމްގެ މި ދަތުރުފުޅަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރ ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ސައުދީގައި ބާއްވާ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓަރ ޝަހީމް ކުރައްވާ މި ދަތުރުފުޅުގައި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ހައްޖާ ގުޅޭ އެއްބަސްވުމުގައި ސައުދީގެ ހައްޖު މިނިސްޓްރީއާއެކު ސޮއި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާއަކީ އަހަރަކަށް 1000 އެވެ. އެ ކޯޓާގެ އަދަދު 2000 އަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް