ތަފާތު ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރެވޭނެ ޤާބިލު ކެންޑިޑޭޓަކު އިންތިހާބުކުރަން ޖެހޭ: ރައީސް

ތަފާތު ފިކުރުގެ މީހުންނާ އެކު މަސައްކަތް ކުރެވޭނެ ޤާބިލުކަން ހުރި ކެންޑިޑޭޓަކު އިންތިހާބުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކ...

06 Jan 2023 | 18:30

ތަފާތު ފިކުރުގެ މީހުންނާ އެކު މަސައްކަތް ކުރެވޭނެ ޤާބިލުކަން ހުރި ކެންޑިޑޭޓަކު އިންތިހާބުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް މިހެން ވިދާޅުވީ ކެމްޕޭނަށް ރ. މީދޫއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހޮވާއިރު، ތަފާތު ފިކުރުގެ މީހުންނާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ ޤާބިލުކަން ހުރި ކެންޑިޑޭޓަކު އިންތިހާބުކުރުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ތަފާތު ފިކުރުގެ ފަރާތްތަކާއެކު މަސައްކަތްކޮށް ތަރައްޤީ ގެނެސްދެމުންދާ ކަމުގައި ވިދާޅުވެފައި ވެއެވެ.

އަދި ކުރިއަށް އޮތްތާގައި ވެސް އެފަދައިން މަސައްކަތްކޮށް ތަރައްޤީ ގެނެވޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ފެށުނު ވެރިކަން ތިން އަހަރު ދުވަހުގެ ތެރޭގައި އިސްތިއުފާދީ ނިންމާލީ ދިވެހި ރައްޔިތުން މަގުމަތިކޮށްލާފައި ކަމަށް ވިދާޅުވެ، ދެވަނަ ފަރަހަށް އެފަދަ ފުރުސަތެއް ދޭނީތޯ ވިސްނަންޖެހޭކަން ރައީސް ޞާލިހްގެ ވާހަކަ ފުޅުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

މީގެ އިތުރުން ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށަށް ބޭނުންވާ މުހިއްމު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ވީވައުދުތަކުގެ ތެރެއިން ގިނަ ކަންތައްތައް ކޮށްދެވިފައިވާ ކަމަށާއި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް