މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އުރީދޫއިން ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފި

މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށް އުރީދޫއިން ހާއްސަ ޑޭޓާ ޕްލޭންތަކެއް ތައާރަފުކޮށްފި އެވެ. އުރީދޫ ބީޓްސް ނަމުގައި ތައާރަފު ކުރި މި ހިދުމަތުގެ ދަށުން މަޝްހޫރު ހުރިހާ ލަވަތަކެއް މިއުޒިކް އެޕް...

06 Jan 2023 | 18:04

މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށް އުރީދޫއިން ހާއްސަ ޑޭޓާ ޕްލޭންތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫ ބީޓްސް ނަމުގައި ތައާރަފު ކުރި މި ހިދުމަތުގެ ދަށުން މަޝްހޫރު ހުރިހާ ލަވަތަކެއް މިއުޒިކް އެޕްތަކުން އަޑު އަހާލެވޭނެ އެވެ. އޭގެ ތެރޭގައި ސައުޑްކްލައުޑް، އެޕަލް މިއުޒިކް އަދި ސްޕޮޓިފައިޑް ފަދަ މަޝްހޫރު އެޕްތައް ހިމެނެ އެވެ.

އުރީދޫއިން ބުނީ މި ޑޭޓާ ޕެކޭޖުތަކުގެ ތެރޭގައި15 ދުވަހަށް ބޭނުން ކުރެވޭ250 ރުފިޔާގެ ޕެކޭޖަކާއި30 ދުވަހަށް ބޭނުން ކުރެވޭ350 ރުފިޔާގެ ޕެކޭޖެއް ހިމެނެ އެވެ.

މި ޕެކޭޖުތައް ނަގާ ފަރާތްތަކަށް100 ޖީބީ އާއި ހަމައަށް މިއުޒިކް ސްޓްރީމް ކުރެވޭނެ އެވެ.

މި ޕެކޭޖުތަކުގެ ސަބަބުން ކަސްޓަމަރުންގެ އެންމެ ފޭވަރިޓް ލަވަތަށް ވަގުތުން އަހާލެވޭނެ ކަމަށް ބުނެ އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް މި ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް