މޫދު ކުޅިވަރުުތަކާއި އެކު މާދަމާ ހިޔާ ބީޗް ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ބީޗު ސަރަހައްދު ސާފު ކުރުމަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ. މި ހަރަކާތް އިންތިޒާމް ކުރަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ....

06 Jan 2023 | 16:14

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ބީޗު ސަރަހައްދު ސާފު ކުރުމަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

މި ހަރަކާތް އިންތިޒާމް ކުރަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

އެޗްޑީސީން މައުލޫމާތުދޭގޮތުގައި ސާފު ކުރުން ކުރިޔަށް ދާނީ މާދަމާ ހެނދުނު 7:00 ން މެންދުރު 12:00 އަށެވެ. މި ހަރަކާތް ހާއްސަ ކުރުމުގެ ގޮތުން ހިޔާ ބީޗުގައި ތަފާތު މޫދު ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ހަރަކާތް ކުރިޔަށް ގެންދަނީ ރައްޔިތުންގެ ބައިވެރިވުމާއި އެކު އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ މިއީ އިޖްތިމާއީ އާއި ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން ފެނިގެންދާނެ ހަރަކާތެއް ކަމަށެވެ.

މިހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޗްޑީސީން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް