ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމަވައި އެކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވަމުން އޭނާ ވިދާޅުވެފައިވަނީ ސަރުކާރުން ބޭނުންވި އެއްބާރުލުން ފާއިތުވި ހަތަރު އަހަރު ބަރާބަރަށް ދެމުންދިޔަކަމަށާއި ނަމަވެސް ކުޅުދުއްފުށި ތަރައްގީ ކުރުމުގައި ސަރުކާރު ސްލޯ ކަމަށެވެ.
"ޕްރައިމަރީގައި ރައީސް ނަޝީދަށް ފުލް ސަޕޯޓް އޮންނާނެ، ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންނަން" އެމްޕީ ޔާސިރު ވިދާޅުވެފައިވެއެވެ.
ޔާސިރު ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންނަވައި ރައީސް ނަޝީދަށް ތާއީދުކުރަން ނިންމެވިއިރު މިދިޔަ މަހުގެ ފަހުކޮޅު ދަނޑިކޮށި ޖަގަހައިގާ ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭނު ޖަލްސާއެއްގައި ވަރަށް ފޯރީގައި ވާހަކަފުޅު ދެއްކެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް