ބޮލީވުޑްގެ ބަތަލާ ސޯނަމް ޕަކޫރުގެ އަގު ބޮޑު އެޕާޓްމެންްޓެއް ވިއްކާލައިފި އެވެ.
ވިއްކާލީ އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު ހިސާބު ކަމަށްވާ ބަންދްރާގައި ހުންނަ ކުއާލާ ކޮމްޕްލެކްސްގައި ހުންނަ އޭނާގެ ލަގްޒަރީ އެޕާޓްމެންޓެއްވެ. އޭނާ 2015 ވަަނަ އަހަރު އެ އެޕާޓްމެންޓު ގަތީ1 7-18 ކްރޯޑް އިންޑިއަން ރުޕީސްއަށެވެ.
5،533 އަކަފޫޓުގެ އެ އެޕާޓްމެންޓަށް ގަތުމަށް ފަހު ބޮޑެތި ބަދަލުތަކެއް ގެނައި އެވެ. ލޯކަލް ބްރޯކަރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ސޯނަމް އެ އެޕާޓްމެންޓު ވިއްކާލީ 32 ކްރޯޑު ރުޕީސް އަށެވެ. އެއީ އެތަަނަށް ގެނެސްފައިވާ ތަރައްގީ އާއި މިހާރުގެ މާކެޓް އަގާއި އަޅާ ބަލާއިރު ބޮޑު އަގެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ސޯނަމްގެ އަގުބޮޑު އެޕާޓްމެންޓު ވިއްކާލަން ނިންމާފައިވާއިރު އޭނާ ވަނީ ދަރިފުޅު އިންޑިއާގައި ބޮޑު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައި އެވެ. ފިރިމީހާ އަނަންދް އަހޫޖާ އާއި ކައިވެނި ކުރުމަށް ފަހު ސޯނަމްގެ ދިރިއުޅުން ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކޮށްފައި އެވެ.
އަނަންދަކީ އެ ގައުމުގައި މަސައްކަތް ކުރާ އިންޑިއާގެ ވިޔަފާރިވެރި އެވެ. މުއްސަނދި މި ދެމަފިރިން ލަންޑަންގައި ދިރިއުޅޭތީ އެމީހުންގެ އަގުބޮޑު ގެތަށް އިންޑިއާގައި ހުރީ ހުސްކޮށެވެ. އެތަންތަން ބަލަހައްޓަށް ގިނަ މުވައްޒަފުންތަކެއް އެމީހުން ގެންގުޅެ އެވެ.
މިދިޔަ އަހަރު ވެރިރަށް ދިއްލީގައި ހުންނަ އަނަންދުގެ ގެ ބަލަހައްޓަށް ހަވާލު ކޮށްފައި ހުރި މަސައްކަތު މީހާ ވަނީ އެ ގެއިން 2.4 ކްރޯޑް ރުޕީސްގެ ގަހަނާ ވަގަށް ނަގާފައި އެވެ.
ސޯނަމް އިންޑިއާގައި އުޅެން ބޭނުން ނުވަނީ މީޑިއާގެ އުނދަގުލާއި ހެދި ދަރިފުޅަށް މިނިވަން ކަމާއި އެކު ބޮޑުވުމުގެ ފުރުސަތު ނުލިބޭނެ ކަމަށްބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް