15 ގެސްޓް ހައުސް ތަރައްޤީ ކުރުމަށް އީ.އައި.އޯ ހުށަހެޅުމަށް އެޗްޑީސީން ހުޅުވާލައިފި

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެޗްޑީސީން މިއަދު ބުނީ އީ.އޯ.އައި ހުށަހެޅުން ހުޅު...

06 Jan 2023 | 11:57

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އީ.އޯ.އައި ހުށަހެޅުން ހުޅުވާލެވިފައި ވަނީ 19 ޖަނަވަރީ 2023 ގެ 14:00 އާ ހަމައަށެވެ.

އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން އާބަން އައިލްގެ އިންވެސްޓަރ ޕޯޓަލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އާބަން އައިލް އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ.

ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިޞާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ.

އެޗްޑީސީން ބުނީ ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ  އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެ ކަމަށެވެ.

މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން މިއަދު ބުނީ މި ކޮމްޕޯނަންޓްތަކުގެ ތެރެއިން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 15 ޕްލޮޓެއް ހުޅުވާލާފައިވާ ކަމަށެވެ.

އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

އެގޮތުން އެޗްޑީސީން ބުނީ ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި އެޗް.ޑީ.ސީން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށެވެ.

އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، އެޗް.ޑީސީން މިވަގުތު ޤާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދޭކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީން ކަން ވަނީ އެޗްޑީސީން އަރުވާފައެވެ.

ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިޤުތިޞާދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައްބައިވަރު ވަޒީފަގެ ފުރުސަތުތައް ތަނަވަސްވެ، އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިޤްތިޞާދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް