ވަޒީފާގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް ބިރު ދައްކާކަމަށްބުނެ ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުން ނެރުނު ނޫސްބަޔާނަށް ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން ރައްދު ދީފިއެވެ.
އެގޮތުން ރައީސް ސޯލިހްގެ ފެކްޝަންގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ.
"ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީގެ ހިތްވަރުގަދަ މެންބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް" މާރިޔާ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ފެކްޝަނަށް މާރިޔާ ރައްދު ދެއްވާފައިވާއިރު ރައީސް ނަޝީދުގެ ފެކްޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ވާދަވެރި ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާ މުވައްޒަފުން ސަރުކާރުން އެކި އެކި ގޮތްގޮތުން ބިރުދައްކަމުންދާކަމުގެ ޝަކުވާ އެ ޓީމަށް ލިބެމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް