ނަޝީދަށްވުރެ ފުރިހަމައަށް އެމްޑީޕީއަށް ވެރިކަން ކޮށްދެމުންދާ ރައީސެއް މިއަދު އެބަހުރި: ރޮޒައިނާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްވުރެ މާރަނގަޅަށް އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކޮށްދޭނެ ވެރިއެއް މިއަދު ލިބިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ...

06 Jan 2023 | 10:43

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްވުރެ މާރަނގަޅަށް އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކޮށްދޭނެ ވެރިއެއް މިއަދު ލިބިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ނަޝީދުގެ ޕްރައިމަރީގެ ހަގީގަތަކީ މިއަދުގެ ހަގީގަތެއް ނޫން ކަމަށާއި ނަޝީދުގެ ފިކުރުވެސް މިއަދު ބަދަލުވެއްޖެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ގެ ރައީސް ނަޝީދުގެ ޕްރައިމަރީގެ ހަގީގަތަކީ  މިއަދުގެ ހަގީގަތެއް ނޫން ކަމަށެވެ.

އަދި ރައީސް ނަޝީދަށްވުރެ ފުރިހަމައަށް އެމްޑީޕީއަށް ވެރިކަން ކޮށްދެމުންދާ  ރައީސެއް މިއަދު އެބަހުރި ކަމަށެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދުގެ ފިކުރުވެސް މިހާރު ބަދަލުވެފައިވާ ކަމަށާއި، ކުޑަ ރަށު މީހާއަށް އަޅާ ނުލާ ފިކުރު އެ ކަމަނާ ޤަބޫލު ނުކުރައްވާ ކަމަށެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި ވާއިރު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު  މީގެ ކުރިން ވަނީ ކުޑަރަށެއް ފަޅު ރަށެއް ނުބަލާ ތަރައްޤީ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބުނެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް