އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މެދުރާއްޖެތެރޭގެ ހަތަރު އަތޮޅެއްގައި ކެމްޕެއިން ފައްޓަވައިފި އެވެ.
މި ދަތރުފުޅުގައި އެ މަނިކުފާނު ވަނީ މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ތޮއްޑޫއަށެވެ.
ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުން ހާމަކުރާގޮތުގައި އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އއ އަތޮޅާއި އދ. އަތޮޅުގެ އިތުރު ފ. އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.
މި ކެމްޕޭން ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައި ވާއިރު އެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް