ނ. ކެނދިކުޅުދޫ ސްކޫލުގެ 03 ބުރީގެ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކުރީ ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
މިއީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 11.084 މިލިއަން ރުފިޔާ އަށެވެ.
މި މަސައްކަތް ނިންމަން ޖެހެނީ 400 ދުވަހުގެ ތެރޭގައި
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ. ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހިމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް