ދިއްދޫ ޖޫނިއާ ކޮލެޖެއް އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ދިއްދޫ ޖޫނިއާ ކޮލެޖެއް އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރ...

06 Jan 2022 | 17:10

ހއ. ދިއްދޫ ޖޫނިއާ ކޮލެޖެއް އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ފުރުސަތުގައި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު ގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް އެ މިނިސްޓްރީގެ އިއުލާންގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ފަހު 2:00 އަށެވެ.

ޕޭމަންޓް ބަލައިގަތުން ކުރިއަށް ދާނީ އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިިކޮށެވެ.

އަދި މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 125000 (އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާ ހުށައަޅަންޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރިޚުން ފެށިގެން 148 ދުވަސް ކަމަށް އެ މިިސްޓްރީން ހާމަ ކުރެއެވެ.

މި މަސައްކަތުގެ ބީލަން ހުޅުވަން ނިންމާފައިވަނީ މި މަހުގެ 30 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް