އޯބަމަޔަން ކޮވިޑް-19 އަށް ފައްސިވެއްޖެ

އިނގިރޭސި ކުލަބު އާސެނަލްއަށް ކުޅެމުން އަންނަ ގެބޯން ފޯވާޑް ޕިއެރޭ އެމެރިކް އޯބަމަޔަން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޯބަމަޔަން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ކަށަވަރުކޮށްދެމުން ގެބޯން ގައުމީޓީ...

06 Jan 2022 | 13:45

އިނގިރޭސި ކުލަބު އާސެނަލްއަށް ކުޅެމުން އަންނަ ގެބޯން ފޯވާޑް ޕިއެރޭ އެމެރިކް އޯބަމަޔަން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޯބަމަޔަން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ކަށަވަރުކޮށްދެމުން ގެބޯން ގައުމީޓީމުގެ ކޯޗު ޕެޓްރީސް ނެވޫ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ، ބުރާސްފަތި ދުވަހު އޯބަމަޔަން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އަދި އޭނާގެ އިތުރުން ގެބޯން ޓީމުގައި ހިމެނޭ މޭޓް މާރިއޯ ލެމިނާ އާއި ޓީމުގެ އެސިސްޓެންޓް ކޯޗު ޔަލާ އަނިސެޓް ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

ޕެޓްރީސް ނެވޫ ބުނީ އޯބަމަޔަން އާއި ބައެއް އިތުރު ކުޅުންތެރިންނާއި އެސިސްޓެންޓް ކޯޗު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ ހެދި ޕީސީއާރު ޓެސްޓުތަކުގެ ނަތީޖާއަށް ފަހު ކަމަށެވެ. އަދި މިހާރު ފައްސިވި އެންމެން ވެސް އެމީހުން ތިބި ހިޓަލުގައި އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް ޕެޓްރީސް ބުންޏެވެ. ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ފެނިގައި ނުވާކަމަށްވެސް ނޭވޫ ބުންޏެވެ.

" އޯބަމަޔަންގެ އިތުރުން ޓީމުގެ އެހެން ބައެއް ކުޅުންތެރިންނާއި އެސިސްޓެންޓް ކޯޗު ވަނީ ކޮވިޑަށް ފައްސިވެފައި. އެމީހުން ފައްސިވިކަން އެނގުނީ ހެދި ޕީސީއާރު ޓެސްޓުތަކަށްފަހު. މިހާރު އެންމެން ވެސް ވަނީ އެމީހުން ތިބި ހޮޓަލުގައި އައިސޮލޭޓް ކޮށްފައި، އެއްވެސް މީހެއްގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައި ނުވޭ." ނެވޭއު ބުންޏެވެ.

އޯބަމަޔަން ކޮވިޑް އަށް ފައްސިވެފައިވާއިރު، އެފްރިކަން ކަޕް އޮފް ނޭޝަންސް ގްރޫޕް ސީގައި މިމަހުގެ 10 ވަނަ ދުވަހު ކޮމޮރޯސްއާއި ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލޭނެއެވެ. އަދި އިތުރު މެޗުތަކެއް ވެސް ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެންމެ އަވަހަށް ވެސް އޭނާއަށް މެޗެއް ކުޅެވޭނީ 14 ދުވަހުގެ އަިސޮލޭޝަން މުއްދަތައް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް