މާލޭ ސިޓިގެ ޑެޕިއުޓި މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފި އެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މިއަދު ކުރި މުޒާހަރާގައި އެވެ. މި މުޒާހަރާތަކަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ގެނަމުގައި ކުރިޔަށް ގެންދާ ކެމްޕެއިންގެ ދަށުން ކުރާ މުޒާހަރާތަކެކެވެ.
ޕީޕީއެމްއިން ބުނީ މިއަދުގެ އެއްވުމުން ގިނަ މެމްބަރުންތަކެއް ހައްޔަރުކޮޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަރީޝް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި މާލޭ ސިޓީގެ ކައުންސިލަރެއް ކަމަށްވާ އަހުމަދު އައިފާން ހިމެނެ އެވެ.
އިތުރު މީހުންގެ ތެރޭގައި ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރު ޝަޔާން ޝާހިދު އާއި މާނިއު ހިމެނެ އެވެ.
މިއަދުގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދެއް އަދި ނޭނގެ އެވެ.
އިއްޔެ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން 11 މީހުން ހައްޔަރު ކުރި އެވެ. ރޭގެ ވަގުތެއްގައި އެ އެންމެން ދޫކޮށްލި އިރު ފުލުހުން އެމީހުންނަށް ތުހުމަތު ކުރީ ވާޖިބަށް ހުރަސް އެޅިކަމަށް ބުނެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުން ނޫނީ އެ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގައި އިންޑިއާގ ެ75 ސިފައިން ގާއިމްވެ އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް