ހުޅުމާލޭގައި ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދިނުން މެދުކަނޑާލައިފި

ކޯވިޑް-19 ކޭސްތައް އިތުރުވާތީ ހުޅުމާލޭގައި ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. ކޯވިޑްގެ އާ ވޭރިއަންޓު އޮމިކްރޯން ރާއްޖޭގައި ފެތުރެމުންދާއިރު މިދިޔަ ދެތިން ...

06 Jan 2022 | 12:42

ކޯވިޑް-19 ކޭސްތައް އިތުރުވާތީ ހުޅުމާލޭގައި ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކޯވިޑްގެ އާ ވޭރިއަންޓު އޮމިކްރޯން ރާއްޖޭގައި ފެތުރެމުންދާއިރު މިދިޔަ ދެތިން ދުވަހު ކޯވިޑް އަދަދުތައް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފަ އެވެ. ހާއްސަކޮށް މާލޭގައި ޕޮސިޓިވްވާ މީހުންގެ އަދަދު100އަށް ވަނީ އަރާފަ އެވެ.

މިކަމާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުއްދަ ދިނުން މެދުކަނޑާލަން ނިންމީ ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުން ހުއްޓާލަން އެޗްޕީއޭއިން އެންގުމާއި ގުޅިގެން ކަމަށެވެ.

އެޗްޕީއޭއިން ވަނީ މާލޭގައިވެސް ގިނަ މީހުން އެއްވާ ހަރަކާތްތައް ކުރިޔަށް ނުގެންދަން އަންގާފަ އެވެ. އަދި ރަސްފަންނުގައި މިހާރު ކުރިޔަށްދާ ނައިޓް މާކެޓު ހުއްޓާލަން ވަނީ އަންނާގަ އެވެ.

އެ އެންގުމާއި އެއްގޮތަށް މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ނައިޓް މާކެޓު ހުއްޓާލައި ހަފްލާތަކާއި ޕާޓީތައް ބާއްވަން ހުއްދަ ދިނުން މެދުކަނޑާލާފަ އެވެ.

ދުވަސްތަަކަށް ފަހު ރާއްޖޭގެ ކޯވިޑް ހާލަތާއި މާލޭގެ ކޯވިޑް ހާލަތު ވަނީ ގޯސްވާން ފަށާފައި އެވެ. އިއްޔެ 224 މީހުން ކޯވިޑަށް ޕޮސިޓިވްވި އިރު އޭގެ ތެރެއިން 102 މީހުންނަކީ މާލެއިން ބަލި ޖެހުނު މީހުންނެވެ.

ކޯވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 96،746 އަށް އަރާފަ އެވެ. އަދި ކޯވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 93،736 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް