ޕީސީއާރް ޓެސްޓިން މިންގަނޑުތަކާއި ޚިލާފުވެެގެން ޓޫރިސްޓު އުޅަނދަކަށް ދީފައިވާ ހުއްދަ ހިފަހައްޓައިފި

ޕީސީއާރް ޓެސްޓިންގ މިންގަނޑުތަކާއި ޚިލާފުވެގެން ފަތުރުވެރިންނަށް ޚިދުމަތް ދޭ ޓޫރިސްޓު އުޅަނދަަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި ކަމުގައި އެ މިނިސްޓްރީން ބުނެފ...

06 Jan 2022 | 12:02

ޕީސީއާރް ޓެސްޓިންގ މިންގަނޑުތަކާއި ޚިލާފުވެގެން ފަތުރުވެރިންނަށް ޚިދުމަތް ދޭ ޓޫރިސްޓު އުޅަނދަަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި ކަމުގައި އެ މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އުޅަނދަަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަން ވާނީ މޯލްޑިވްސް އިމިގްރޭޝަން އަށް އަންގާ، އެ އިދާރާގެ ލިސްޓުން އެ އުޅަނދުގެ ނަން އުނި ކުރެވިފައި ކަމުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާ ގޮތުގައި އެ އުޅަނދަށް އަލުން ހުއްދަ ދެވޭނީ އެޗްޕީއޭގެ "ޕަބްލިކް ހެލްތް އިންޓަވެންޝަން ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންސްމިޝަން އިން ދަ ޓޫރިޒަމް ސެކްޓާރ (ވާޝަން:04)" ގެ ގައިޑް ލައިންގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިކަމަށް އެ މިނިސްޓްރީން ބަލައި ކަށަވަރު ކުރުމަށްފަހުގައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ އައު ވޭރިއަންޓް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީވެ، ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަނަތަނުން ސަލާމަތާއި ރައްކާތެރިކަަަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް