ގއ. ކޮލަމާފުށި މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާ އިރު، މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށް، މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
މި އެއްބަސްވުމުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ތޮލްހަތެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 15 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިއީ 85 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް