ކޮމަންޑޫގައި ފުޓް ބޯޅަ ދަނޑެއް އަޅަން ނިންމައިފި

ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމައިފިއެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމާފައިވާ ކަމުގައެވެ. މީގެ އިތުރ...

06 Jan 2022 | 11:53

ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމާފައިވާ ކަމުގައެވެ.

މީގެ އިތުރުން، މަހުލޫފް ވިދާޅުވީ ދަނޑެއް ނެތި ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ 30 އަހަރު ވެފައިވާ ކަމުގައެވެ.

އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެމްޓީސީސީގެ ގެ ސީއެސްއާރްގެ ދަށުން ދަނޑެއް ގާއިމްކުރުމަށް މިހާރު ނިންމާފައިވާ ކަމުގައެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި މަސައްކަތް ފެށޭނެ."  މަހުލޫފްގެ ޓުވީޓުގައި ވެއެވެ.

ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމާފައި ވާއިރު ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އައްޔަނުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވަގުތު ވަނީ ކުޑަތަންވެފައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. މި ދާއިރާއަށް އެމްޑީޕީ، ޕީޕީއެމް، އެމްއެންޕީ އިން ކެންޑިޑޭޓުން ވާދަ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް