ކޯވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 3:12 ގައި އެވެ. އެމީހާ އަކީ އައ...

06 Jan 2022 | 08:34

ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 3:12 ގައި އެވެ.

އެމީހާ އަކީ އައިޖީއެމްއެޗު އެމަޖެންސީއަށް ގެންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ނިންމާފައިވަނީ އެމީހާ މަރުވީ ކޯވިޑް ބަލީގައި ކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 264 ވަނަ މީހާ އެވެ.

ދުވަސްތަަކަށް ފަހު ރާއްޖޭގެ ކޯވިޑް ހާލަތާއި މާލޭގެ ކޯވިޑް ހާލަތު ވަނީ ގޯސްވާން ފަށާފައި އެވެ. އިއްޔެ 224 މީހުން ކޯވިޑަށް ޕޮސިޓިވްވި އިރު އޭގެ ތެރެއިން 102 މީހުންނަކީ މާލެއިން ބަލި ޖެހުނު މީހުންނެވެ.

ކޯވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 96،746 އަށް އަރާފަ އެވެ. އަދި ކޯވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 93،736 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް