އެޗްއާރްސީއެމް އާއި ޓީއެމް ގުޅިގެން މަސައްކަތްކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ އެޗްއާރްސީއެމް...

06 Jan 2022 | 08:12

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އެޗްއާރްސީއެމްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، ޖަމްއިއްޔާތައް ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމުގައި އެޗްއާރްސީއެމް އިން ހާމަކޮށްފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްއާރްސީއެމް އާއި ޓީއެމް ގުޅިގެން އިންސާނީ ހައްޤުތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ސިވިކް ވެލިއުސް ކުރިއެރުވުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެޗްއާރްސީއެމް އިން ހާމަ ކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހިއުމަން ރައިޓްސް ކްލަބްތައް ހަރުދަނާކުރުމަށާއި، މި ކްލަބްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ސްޓަޑީ ކޭމްޕެއް ބޭއްވުމާއި، މޮޑެލް ޕާރލިމަންޓެއް ބޭއްވުން ހިމެނެއެވެ.

މީގެ އިތުރުން، ހިއުމަން ރައިޓްސް ކްލަބް މެނުއަލް ޕްރިންޓްކުރުމާއި، ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި އަދި އެޗްއާރްސީއެމް އިން ޖަމްއިއްޔާތަކާ އެކު ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވުން އެކުލަވާލެވުނު ކަމުގައި އެޗްއާރްސީއެމް އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް