ވީއައިއޭގެ އާ ވީއައިޕީ ޓާމިނަލް މާދަމާ ހުޅުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްޤީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލް މާދަމާ ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެމްއޭސީއެލްގ...

06 Jan 2022 | 07:26

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްޤީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލް މާދަމާ ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މާދަމާ ހުޅުވައި ބޭނުން ކުރަން ފަށާނީ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ކަމުގައެވެ. އަލަށް ތަރައްޤީ ކުރި ވީއައިޕީ ޓާމިނަލް އަކީ ހަތަރު ފަންގިފިލާގެ އިމާރާތެކެވެ.

މި އިމާރާތުގައި އޯޕަން އޭރިއާގެ އިތުރުން އެކަނި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ވެސް ހުރެއެވެ.

އާ ވީއައިޕީ ޓާމިނަލް ތަރައްޤީ ކޮށްފައި ވަނީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލްގެ ފަހަތުގައެވެ. އެ މަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

މި ބަދަލާއި އެކު ކުރީގެ ވީއައިޕީ ޓާމިނަލްގެ ހުރިހާ ކަމެއް، އަލަށް ތަރައްޤީ ކުރި ޓާމިނަލަށް ބަދަލުކޮށް، ޓާމިނަލްގެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް