އެފްއެސްއެމްގެ ބާޖެއް ރަންނާޅި ރިސޯޓު ކައިރީ އޮތް ފަރަށް އަރައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބާޖެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ އެ ބާޖު ފަރަށް އެރީ ކ. އަތޮޅުގައި ހިންގާ ރަންނާޅި ރިސޯޓު ކައިރީގައި އޮންނަ ފަރަކަށް ކަމަށެވެ. ބާޖެ ފަރަށް...

06 Jan 2022 | 07:05

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބާޖެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބާޖު ފަރަށް އެރީ ކ. އަތޮޅުގައި ހިންގާ ރަންނާޅި ރިސޯޓު ކައިރީގައި އޮންނަ ފަރަކަށް ކަމަށެވެ.

ބާޖެ ފަރަށް އެރީ ރޭގެ ވަގުތެެއްގައި އެވެ.

އެ ބާޖަކީ24 މީޓަރުގެ ދިގު ބާޖެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އަދި ބާޖުން މިހާތަނަށް މޫދަށް ތެޔޮ ލީކުވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ކޯސްޓުގާޑުން ދަނީ އުޅަނދު ފުންކުރުމަށް އެހީތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް