ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ބޭއިންސާފު އަމަލުތަކާއި ދެކޮޅުކަން ހާމަ ކުރުމުގެ ގޮތުން ހެރީ ޕޮޓާގެ ތަރި އެމާ ވަޓްސަން އެއްޗެ ބުނުމުން އިސްރައީލުން ވަރަށް ރުޅިއަތުވެއްޖެ އެވެ.
މަޝްހޫރު ފިލްމީ ތަރިއެއްގެ އިތުރުން އެމާ އަކީ ހަމަ އެހާ މަޝްހޫރު ބަސް ވިކޭ އެކްޓިވިސްޓެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާތީ އެވެ.
އެމާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ އޭނާ ފަލަސްތީނާއި އެކު ހުރިކަން ދައްކައިދިނުމުގެ ގޮތުން ޕޯސްޓެއް ކޮށްފައި އެވެ. އަދި ވަނީ އޭނާގެ އިހުސާސްތަކަކީ ޕަލަސްތީނު ރައްޔިތުން އުފުލަމުންދާ ހިތްދަތިކަން ކަން ދޭހަވާގޮތަށް މީގެ ކުރިން މީހަކު ލިޔެފައިވާ ލިޔުމެއް ކެޕްޝަންގައި ހިމަނާފަ އެވެ.
މި ޕޯސްޓާއި އެކު އެމާއަސް ގިނަ ބަޔަކު ތައުރީފުކޮށް އޭނާހެ ހިތްވަރަށް ދަނީ ސާބަސް ދެމުންނެވެ. އެކަން އިސްރާއީލަށް އެއްގޮތަކަށް ހަޖަމް ނުވިކަން އެ ގައުމުގެ ސަރުކާރުން ރަސްމީ ސިފައެއްގައި ހާމަކޮށްފައިވެ އެވެ.
https://www.instagram.com/p/CYPyQZcvfLN/
އެމާގެ ޕޯސްޓާއި އެކު އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ގިލާޑު އަރްދަން ވިދާޅުވީ އެމާގެ އެ ހިޔާލީ ވާހަކަތައް އޭނާގެ ފިލްމު "ހެރީ ޕޮޓާ" ފަދަ ފިލްމުތަކުގައި ހިނގި ނަމަވެސް ހަގީގަތުގަ ނުހިނގާނެ ކަމަށެވެ. އެމާ އެބުނި ގޮތަށް ކަންތައް ވެއްޖެ ނަމަ އަންހެނުންގެ ހައްގުތައް ގެއްލި ޓެރަރިސްު ގްރޫޕެއް ގޮތަސް އިސްރާއީލުން ސިފަ ކުރާ ހަމާސްގެ ބާރު ގަދަވާނެ ކަމަށެވެ.
ސަފީރުގެ މި ޓުވީޓަށް އެ ގައުމުގެ ޑިޕްލޮމެޓުން ތާއީދު ކުރި ނަމަވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް