އިއްޔެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެގެ މުޒާހަރާއިން ނުވަ އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރު ކުރި ކަމަށެވެ. އެމީހުންނަކީ އިންޑިއާ އައުޓް ލޯގޯ ޖެހި ޓީޝާޓު ލައިގެން އެ ޝިއާޜުތައް ހިމެނޭ ބެނާ ހިފައިގެން މުޒާހަރާ ކުރި މީހުންނެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ހައްޔަރު ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގުައި ކަމަށެވެ. އެކަމަކު ހައްޔަރު ކުރި 11 މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ “އިންޑިއާ އައުޓް” ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރާ ކެމްޕެއިނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާއި އެކު ކެމްޕެއިން އިތުރަށް ފޯރި ގަދަވި ނަމަވެސް މިހާރު އަނެއްކާވެސް ވަނީ ލޮނު މަޑުވާން ފަށާފައި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގައި އިންޑިއާގެ 75 ސިފައިން އެބަތިބި ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް