އެމަނިކުފާނުގެ ވޭރިއަންޓެއް މީގެ ދެތިން ހަތަރު އަހަރު ކުރީއްސުރެ ޓްވިޓާއިން ފެންނަމުންދިޔައެވެ. އެ އެކައުންޓުން ސީދާ އެމަނިކުފާނަށް ނޫނީ ނޭނގޭނޭ އެތައް މައުލޫމާތެއް ހިމެނޭ ޓްވީޓްތައްވެސް ކުރަމުން ގެންދިޔައެވެ. އަދި އެމަނިކުފާނުގެ ރަސްމީ ހައިސިއްޔަތުން ދޭން އުޅުނު ރައްދެއްވެސް އޮޅިގެން އެ ހޭންޑަލުން ދެވިފައިވެއެވެ.
އެހެންނަމަވެސް ދާދި ފަހަކާ ޖެހެންދެންވެސް އެމަނިކުފާނު ގެންދެވީ އެ ހޭންޑަލާއި ގުޅުމެއް ނެތްކަމަށް ނުސީދާ ގޮތެއްގައި ބުނަމުންނެވެ. އެންމެފަހުން، އެމަނިކުފާނާ އެ ހޭންޑަލާ ގުޅުންއޮތްކަން ހާމަކޮށް ރަސްމީ ނުރަސްމީ ސިފައެއްގައި މިހާރު އެ ހޭންޑަލް ގެންދަވަނީ ބޭނުންފުޅު ކުރައްވަމުންނެވެ.
އެމަނިކުފާނުގެ ދެވަނަ ވޭރިއަންޓެެއް ދިވެހިންނަށް ފެނިގެންދިޔައީ ދިވެހިންގެ މެދުގައި ދާދިފަހުން މަގުބޫލުވެގެންދިޔަ ސޯޝަލް މީޑިއާގެ އާ ޕްލެޓްފޯމް ކަމުގައިވާ ކްލަބްހައުސްއިންނެވެ. ކްލަބްހައުސްގައި އެމަނިކުފާނުގެ އާ ވޭރިއަންޓުން ވާހަކަ ދައްކަމުންގޮސްފައިވަނީ އަޑުގެ ޕިޗް ވަރަށް ބޮޑަށް ހައިކޮށްގެން ޒާތެއްގެ ތޫލި އަޑަކުންނެވެ. ނަމަވެސް އެމަނިކުފާނުގެ ރާގާއި، ބަސްމޮށުންތެރިކަމާއި ވައްޓަފާޅި ހަމަ "ފުލީ އިންޓެކްޓް" ކަމުގައި ދެންނެވިދާނެއެވެ. އަދި އެ އަޑު އާއްމު ޕިޗް ބަދަލުކުރާ ސޮފްޓްވެއާއަކުން ޕިޗް ސްލޯކޮށްލުމުން ހަމަ އެމަނިކުފާނުގެ އަޑުފުޅާ ތަފާތެއް ނުހުންނަކަމުގައިވެސް ބައެއް ފަރާތްތަކުން އޭރު ބުނަމުން ގެންދިޔައެވެ.
އަނެއްކާވެސް މިވަނީ މިފަދަ ތަފާތު އާ ވޭރިއަންޓެއް ފެނިފައެވެ. މި ވޭރިއަންޓަކީ ހަސަން ކުރުސީގެ ނަމުގައި ޓްވިޓާގައި މިހާރު ހިންގަމުން އަންނަ ހޭންޑަލެކެވެ.
ޓްވިޓާގައި މިހާރު އެންމެ ޓްރެންޑިންކޮށް އުޅެނީ ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ އެކައުންޓުން ކުރާ ޓްވީޓުތަކޭ ބުނުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ.
https://twitter.com/HKurusee/status/1478614488865673223
ޓްވިޓާގައި HKurusee މި ނަމުގައި ހިންގާ ހޭންޑަލުން އެއްވެސް ޖެހިލުމެއްނެތި ޓެގް ކުރަންޖެހޭ ކޮންމެ މީހަކު ޓެގް ކުރުމަށްފަހު ބުނާންޖެހޭ ކޮންމެ އެއްޗެއް ދަނީ ބުނަމުނެވެ. ދޭތެރެ ދޭތެރެއިން މި ހޭންޑަލް ގެންގުޅޭ ފަރާތަކީ ރައީސް ނަޝީދޭ ނުވަތަ އެ މަނިކުފާނާ ވަރަށް އަރިސް ބޭފުޅެކޭ ސިފަވާ ފަދަ ޓްވީޓްތައްވެސް ކޮށްފައި ހުރެއެވެ. އަދި އެމަނިކުފާނުގެ އަން އޮފިޝަލް އެކައުންޓުން ހަސަން ކުރުސީގެ އެކައުންޓަކީ އެމަނިކުފާނާ ގުޅުމެއް ނެތް އެކައުންޓެއްކަމަށް ދެއްކުމަށްޓަކައިވެސް އެތައް ޓްވީޓެއް ކޮށްފައި އެބަހުއްޓެވެ.
https://twitter.com/HKurusee/status/1478024764199346178
ކޮންމެއަކަސް، ދިވެހި ވޯޓާސް ރަޖިސްޓްރީގެ އެންމެ ފަހުގެ ވާސަނަކުވެސް އަދި އެނގިގެންނާއި ނޭނގިވެސް ރަސްމީ ސިފައެއްގައި ހަސަން ކުރުސީ ނަމަކަށްކިޔާ ދިވެއްސަކު ހުރިކަމެއް ނޭނގެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު 1999 ގައި ލިޔުއްވާފައިވާ "ހިތާއި ހިތުގެ ގުޅުން" މި ވާހަކައިގެ މެއިން ކެރެކްޓާއަކީ ހަސަން ކުރުސީ ނަމަކަށް ކިޔާ މީހެކެވެ. ހަސަން ކުރުސީ، މި ނަން ނަގާފައިމިވަނީ އެ ވާހަކައިން ކަމުގައި ބެލެވެއެވެ.
https://twitter.com/HKurusee/status/1477898023803899904
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް