ހެންވޭރުގައި ހުރި ކާޕެންޓްރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިރޭ އިރާކޮޅު މިހާދިސާ ހިނގާފައިވަނީ ހ ރޯޝަނީ މަގުގެ ގޯޅިއެއްގެ ތެރޭގައި ހުންނަ ޑީއެފް ކާޕެންޓްރީގަ އެވެ.
މި ހާދިސާ ހިނގުމާއެކު ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާއިރު ކާޕެންޓްރީގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި ކާޕެންޓްރީއަށް ލިބިފައިވަނީ ކިހާ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް