ކޮކާ ކޯލާ ޕްރޮމޯޝަންގެ ހަތަރު ނަސީބުވެރިން ހޮވައިފި އަދިވެސް ފުރުސަތު ބައިވަރު

27 ފަރާތަކަށް އިތުރު ބައިވެރިއަކާއެކު ހުރިހާ ހަރަދަކާއެކު ބެންކޮކް ދަތުރެއް ލިބޭގޮތަށް، ޕާޓީ ވިތް ކޯކު ނަމުގައި އިނާމުތަކެއް ލިބޭގޮތަށް މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީން ކުރިއަށް ގެންދާ "ޓޭސްޓް ދަ ފީލިން"...

06 Jan 2017 | 12:21

27 ފަރާތަކަށް އިތުރު ބައިވެރިއަކާއެކު ހުރިހާ ހަރަދަކާއެކު ބެންކޮކް ދަތުރެއް ލިބޭގޮތަށް، ޕާޓީ ވިތް ކޯކު ނަމުގައި އިނާމުތަކެއް ލިބޭގޮތަށް މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީން ކުރިއަށް ގެންދާ "ޓޭސްޓް ދަ ފީލިން" ޕްރޮމޯޝަންގެ ދަށުން ހަތަރު ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެއްމެ ފުރަތަމަ ބެންކޮކް ދެކޮޅު ޓިކެޓު ލިބުނު ދެ ނަސީބުވެރިންނަކީ އައިޝަތު އަހުސާނާ އާއި ޑރ. ނޫރުލް ހޮޑާ އަންސާރީ އެވެ. މީގެ އިތުރުން ދެ ފަރާތަކަށް ވަނީ ޕާޓީ ވިތު ކޯކުގެ ނަސީބުވެސް ލިބިގެން ގޮސްފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 27 ފަރާތަކަށް އިތުރު ބައިވެރިއަކާއެކު ހުރިހާ ހަރަދަކާއެކު ބެންކޮކް ދަތުރެއް ލިބިގެން ދާނެ ކަމަށާއި 18 ފަރާތަކަށް "ޕާޓީ ވިތު ކޯކު" ގެ ހާއްސަ އިނާމެއްގެ ގޮތުގައި ކޮންމެ ހަފްތާއަކު 1.25 އެމްއެލް ކޯކު ކޭހެއް ލިބިގެން ދާނެ ކަމުގައި އެ ކުންފުނިން ހާމަކުރެ އެވެ.

އެ ކުންފުނިން މައުލޫމާތުދޭގޮތުގައި ޕްރޮމޯޝަންގައި ބައިވެރިވުމަށް 300 އެމްއެލް އާއި 500 އެމްއެލް އާއި 1.25 ލިޓަރުގެ ރަންކުލައިގެ މަތިގަނޑުޖެހި ފުޅީގެ މަތިގަނޑު ދަށުގައިވާ ނަމްބަރު 2626 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް