ސީރިޔާގެ އަވަށެއް ކަމަށްވާ ޖަބްލާގައި އިއްޔެ ދިން ކާރު ބޮމުގެ ހަމަލާއެއްގައި 14 މީހަކު މަރުވެފައިވާކަމުގައި އެ ސަރައްދުގެ ހާލަތު މޮނިޓަރ ކުރަމުން އަންނަ ޖަމިއްޔާއެއްކަމުގައިވާ ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
އެ ހަމަލާގެ ހަބަރު ސީރިޔާގެ ގައުމީ ޓީވީންވެސް ގެނެސްދީފައި ވެ އެވެ. ގައުމީ ޓީވީއިން ބުނެފައިވަނީ މީހަކު ޖާނުން ފިދާވެ ދިން އެ ހަމަލާގައި ނުވަ މީހަކު މަރުވެ 25 މީހަކު ޒަހަމްވެފައިވާކަމަށެވެ.
އެ ހަމަލާ ދީފައިވާ ސަރަހައްދަކީ މީހުން އާއްމުކޮށް އެއްވެ އުޅޭ ކާރުބާރު ބޮޑު ސަރަހައްދެއް ކަމުގައިވެސް ސީރިޔާގެ ގައުމީ ޓީވީން ރިޕޯޓް ކޮށްފައި ވެ އެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރު ވެފައިވާއިރު އެގައުމުގައި މިފަދަ ހަމަލާތަކަކީ އާއްމު ހަމަލާތަކަކަށް ވަނީ ވެފަ އެވެ. ނަމަވެސް މިފަދަ ހަމަލާތަކުގައި ގިނައިން މަރުވަނީ އާއްމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް