ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި، ސައުދީ އަށް ނިސްބަތްވާ ހަތަރު ގައިދީއަކު މިއަދުގެ ވަގުތެއްގައި ސައުދީއަށް ފޮނުވާލަން އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިގޮތަށް ނިންމާފައިވާއިރު އެ ޖަލުގެ ތިބި ގައިދީންގެ އަދަދު މަދުކުރުމަށް އޮބާމާ ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ނަމަވެސް އެމެރިކާގެ އައު ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނާލްޑް ޓްރަމްޕް ވަނީ އެކަން އެގޮތަށް ކުރާތީ ނުރުހުން ފާޅުކުރައްވާފަ އވެ.
ގުއަންޓަނާމޯ ބޭ ޖަލުން ހަތަރު ގައިދީއަކު ސައުދީއަށް ފޮނުވަން ނިންމާފައިވާއިރު މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޔަމަނަށް ނިސްބަތްވާ ނުވަ ގައިދީއަކުވެސް އެމެރިކާއިން ދޫކޮށްލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް