ތުރުކީގައި އިއްޔެވެސް ވަރުގަދަ ޓެރަރިސްޓް ހަމަލާ އެއް !

ތުރުކީގެ އިޒްމީރު ސިޓީގެ ކޯޓެއްގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާއެއްގައި އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ. މީޑިއާ ރިޕޯޓްތަކަށް ބަލާލާއިރު އިއްޔެގެ މި ހަމަލާގައި ޒަހަމްވި ...

06 Jan 2017 | 01:38

ތުރުކީގެ އިޒްމީރު ސިޓީގެ ކޯޓެއްގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާއެއްގައި އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތަކަށް ބަލާލާއިރު އިއްޔެގެ މި ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 10 އަކަށްވުރެ މަތީގަ އެވެ. އެ ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ ބަޔަކާއި ތުރުކީ ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު ދެ ޓެރަރިސްޓަކު މަރާލާފައިވާކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އައު އަހަރު ފެށުނު ރޭ ތުރުކީގައި ކުރިއަށްދިޔަ ޕާޓީއަކަށް ހަތިޔާރާއެކު މީހަކު ވަދެ ދިން ހަމަލާއެއްގައި 39 މީހަކު މަރާލާފައިވާއިރު މި އަހަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެގައުމުގައި ޓެރަރިސްޓް ހަމަލާތައް އަންނަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް